މަސައްކަތް
ނަންބަރު: (IUL)409/409/2022/20
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 06 މާރިޗު 2022 11:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ނިލަންދޫ ކުނިކޮށީގެ މަސައްކަތްނިންމާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުން

ގއ. ނިލަންދޫ ކުނިކޮށީގެ މަސައްކަތް ނިންމާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުން

 

މިރަށުގައި ޤާއިމުކުރަން ފަށާފައިވާ ކުނިކޮށީގައި ނުނިމިހުރި މަސައްކަތް ނިންމައި އެތަނަށް ބޭނުންވާ މެޝިނަރީޒް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން (IUL)409/409/2021/49 ގުޅިގެން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވުމާއެކު، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން secretariat@nilandhoo.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ބިޑް ހުށަހެޅުން

ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ

06 މާރޗް 2022

އާދިއްތަ

11:00

 

   ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް، އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ secretariat@nilandhoo.gov.mv އަށެވެ.

‏                  20 ރަޖަބް 1443

21 ފެބުރުވަރީ 2022