ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު ، ދިވެހިރާއްޖެ ނަންބަރު:IUL303-AS-2022-07
އިޢުލާން
މިކައުންސިލުން ދޭކުރެހުމާއި ދެވޭ މައުލޫމާތާއި އެއްގޮތަށް ތެޔޮސެޑް ހިމެނޭ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަމްބަރ: IUL-303-AS/2022/04(14 ފެބުރުވަރީ 2022 )ގެ އިއުލާނާއި ގުޅިގެން ހުށަހެޅި އަންދާޞީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކައުންސިލުން ދޭކުރެހުމާއި އެއްގޮތަށް ސެޑް ހިމެނޭ އިމާރާތުގެ ކާނާއި ތާގީ ބަހައްޓާބައި ކޮންކުރީޓް އެޅުމާއި ޕެޓްރޯލް ޓޭންކުގެ ވަށައިގެން ވާ ފަރުތަޅާލާ ނަގައި އަލުން ޕައުންޑޭޝަން އަޅާ ރާނާ ހޮޅިލައިން އަޅާ ނިންމުމުގެ މަސައްކަތް ކޮށްދިނުމަށް ސައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 24 ފެބުރުވަރީ 2022ވާ ބުރާސްފަތި ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 1:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ވިޔަފާރި ކާނު ހެދުމާއި ކޮންކުރީޓްގެ މަސައްކަތް ކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
ތިރީގައި އެވަނީ ސެޑްގެ ނުނިމިހުރި މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- ކުރެހުމާއި ދެވޭމައުލޫމާތާއި އެއްގޮތަށް ސެޑްގެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)
- ތަޖުރިބާ ފަންނީ ގާބިލްކަމަށް (ފަސްމާކުސް)
- ހުށަހަޅާ މުއްދަތައް (ދިހަމާކުސް)
- މާލީތަނަވަސް ކަމަށް (ދިހަމާކުސް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
20 ރަޖަބް 1443
21 ފެބުރުވަރީ 2022