ދިވެހިރާއްޖެ
ނަންބަރު:(IUL)462-ADHR/1/2022/6
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކާލުން
އިޢުލާން
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2022 މާރިޗު 8 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އަމީރު އަޙުމަދު މަގުގައި ހުންނަ ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ (ކުރީގައި މި އޮފީސް ހިންގި ބައިގައި) އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2022 މާރިޗު 7 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ހުރަވީ ބިލްޑިންގއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ..
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022 މާރިޗު 8 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުރަވީބިލްޑިންގ އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ރަޖަބު 1443