ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
(IUL)325-MS/325/2022/10 ނަމްބަރު:
އިޢުލާން
ކައުންސިލްގެ ޢިމާރާތް މަރާމާތުކޮށް ޢިމާރާތައް ބައެއް އިތުރުކުރުން
މިކައުންސިލްއިން ދޭކުރެހުމަކާއި އެއްގޮތަށް ކައުންސިލްއިދާރާގެ ހުޅަނގުފަރާތައް ބައެއް އިތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)325-ES/325/2022/3 ( 31 ޖެނުއަރީ 2022 ) އިޢުލާނާގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓްގައިވާ އަގު މަސައްކަތައް މިއަހަރު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމަށް ވާތީ ، އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް ދެފިޔަވައްސަކަށް ބަހާލުމަށްފަހު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މާރޗް 2022 ވާ ހޯމަ ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 14 މާރޗް 2022 ވާ ހޯމަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ކައުންސިލް ޢިމާރާތް މަރާމާތައް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
80% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
15% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted
|
ތަޖުރިބާ |
5% |
v ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް ) |
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : info@baagoidhoo.gov.mv
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ފެބްރުއަރީ 2022