ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)401-C/401/2022/131
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 07 މާރިޗު 2022 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު                           

 

މިއިދާރާއަށް ތިރީގައިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް

ކައުންސިލް އެސިސްޓެންޓު (ވަގުތީ ) 

ބޭނުންވާ ޢަދަދު

2

ވަޒީފާ އަދާކުރަންޖެހޭ ތަން

ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ / ވޭސްޓް މެނޭޖްމެންޓް ސެކްޝަން

ރަސްމީ މަސައްކަތު ގަޑި

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ( ހަފްތާއަކު 6 ދުވަސް ) 

މަސައްކަތް ކުރަންޖެހޭ މުއްދަތު

1 އަހަރާއި 11 މަސް

މުސާރަ

-/3100ރ

ސަރވިސް އެލަވަންސް

-/1000ރ

ސަޕޯޓިންގ ކޯ އެލަވަންސް

-/1200ރ

މިނިމަމް ވޭޖް އެލްވަންސް

-/1917ރ

އެހެނިހެން އިނާޔަތް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އާއި ބަންދުދުވަހުގެ ފައިސާ ދެވޭނެއެވެ.

 

މަޤާމްގެ ޝަރުތުތައް

  • އަސާސީ ތައުލީމް ފެންވަރު ހުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި، ސިއްހަތު ރަނގަޅު މީހެއްކަމުގައިވުން
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން

މަޤާމްގެ މައްސޫލިއްޔަތު

ގޭބިސީ ތަކުން ދުވަހުން ދުވަހަށް ކުނިނެގުން

ކުނިގޮނޑުގައި ކުނިތައް ވަކިކުރުން

ކުނި މެނޭޖް ކުރުމުގެ މަސައްކަތް

އޮފީހުން އަންގާ މަސައްކަތް ކުރުން

ވޭސްޓްމެނޭޖްމަންޓް ސެންޓަރ ސާފްކުރުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރޗް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، laamufonadhoocouncil@gmail.comއެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 09 މާރޗް 2022 އާއި 17 މާރޗް 2022 އާ ދެމެދު، ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800082 ނަންބަރު ފޯނާއެވެ.

27 ފެބުރުވަރީ 2022