ދިވެހިރާއްޖެ
ޅ.ނައިފަރު އުތުރު ސިނާއީ ސަރަހައްދުން ކުއްޔަށް ދޫކުރުމަށް، ކަނޑައެޅިފައިވާ ބިންތައް ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި ތަންތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚުގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށް އީ.މެއިލްގެ ޒަރީއާއިން ރަޖިސްޓްރީކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އީމެއިލްގެ ޒަރީއާއިން) |
01 މާރޗް 2022 - 8 މާރޗް 2022 |
09:00-13:00 |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރީއާއިން) |
15 މާރޗް 2022 |
12:00 |
ބިޑް އޯޕެނިންގް މީޓިންގް |
22 މާރޗް 2022 |
13:00 |
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއިގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ info@naifaru.gov.mv އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620163 ނުވަތަ 6620068 އަށް ގުޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ކުއްޔަށް ދޫކުރާ ބިންތަކުގެ މަޢުލޫމާތު އިޢުލާނާއި އެކު އާންމުކުރީމެވެ.