މަސައްކަތް
ނަންބަރު: IUL/U4MC/2022/01
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 13 މާރިޗު 2022 13:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މާރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗު  2022 އާދީއްތަ ދުވަހުގެ މެންދުރުފަހު 01:00އަށް، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓު ނުވަތަ އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.

            ބިޑް ހުށަހަޅުއްވަން ވާނީ، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓު ނުވަތަ އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 06 މާރިޗު 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 10 މާރިޗު 2022ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އާއި މެންދުރު 12:00 އާއި ދެމެދު އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓު އަދި އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

           މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 13 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 01:00 ގައި، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓު އަދި އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

           މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 06 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 10:00ގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓު އަދި އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.

          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661015 އަދި 6661022 އަށް ގުޅުއްވައިގެން ނުވަތަ އީ-މެއިލް aa.ukulhas@judiciary.gov.mv އަދި aa.bodufolhudhoo@judiciary.gov.mv ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

    

02 މާރިޗު 2022