އިޢުލާނު
|
މަޤާމު:
|
އެޓެންޑެންޓް
|
މަޤާމުގެ ނަންބަރު:
|
J-350040
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެސް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ނ. މާފަރު ޞިއްޙީމަރުކަޒު، ނ. މާފަރު
|
މުސާރަ:
|
3,470.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,000.00 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
.001200 ރުފިޔާ
|
މިނިމަމްވޭޖް އެލަވަންސް:
|
1827.90 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
1.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
3.ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޞިއްޙީމަރުކަޒުގެ އެތެރެ ( އޯ.ޕީ.ޑީ އޭރިއާ، ވޯޑް، ޑްރެސިން ރޫމް، ކޮންސަލްޓޭޝަން ރޫމް، ލޭބަރ ރޫމް، ފާހާނާތައް) ކޮންމެ ސިފްޓަކު އެއްފަހަރު ކުނިކަހާ މޮޕްލާ ސާފުކުރުން.
- މަރުކަޒުގެ ކްލިނިކަލް އޭރިޔާ ތަކުގައިވާ އިކްވިޕްމެންޓް ތަކާއި، މެޝިނަރީސް އަދި ފަރނީޗާރ އަދި ޓޫލްސް ސާފުކޮށް ބެލެހެއްޓުން.
- މަރުކަޒުގެ ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކޮށް ހަޑިވާ ތަކެތި ދޮވެސާފުކުރުމާއި ، އަލުން ބޭނުކުރެވޭ ތަކެތީގައި ހުންނަ ނަޖިސް ދޮވެ ސާފުކުރުމަށްފަހު ލޯންޑްރީއާއި ހަވާލުކުރުން. އަދި އެތަކެތި ލޯންޑްރީންއިން ދޮވެ ސާފުކޮށް ނިމުމުން އަނބުރާ އެ ޑިޕާޓްމެންޓްތަކަށް ގެނެސް ހަވާލުކުރުން.
- މަރުކަޒުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް އެއްވެސް އިންކާރުކުރުމެއްނެތި ސާފުކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށްބަލައި ފެންނަ ހިސާބުގައި ތިބުން.
- ބަލިމީހުން ގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.
- ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިއުޓީ އަދާކުރުން.
- މަރުކަޒުގެ ކްލިނިކަލް އޭރިޔާއެއްގައި ކުރެވޭ ކްލިނިކަލް ޕްރެކްޓިސް އެއްގެ ސަބަބުން އުފެދޭ ނަޖިސް ސާފުކުރުމަށް ނަރުހުން އެދިއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި އެކަންކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށްބަލައި ފެންނަ ހިސާބުގައި ތިބުން.
- ނަރުހުން އެދިއްޖެ ހާލަތުގައި ހައުސްކީޕިންގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މަރުކަޒުން ހިދުމަތް ހޯދާ ބަލި މީހުން އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބަލިމީހުންގެ އެހީތެރިން އެދިއްޖެހާލަތުގައާއި އެހީތެރިޔަކު ނެތް ވަގުތެއްނަމަ ނަރުހުންގެ އިރުޝާދުގެދަށުން އެކަން ކުރުން.
- މަރުކަޒުގެ ކްލިނިކަލް އޭރިޔާތަކުގައި ނަރުހުން ކުރާ ، ދުވަހުގެ މަސައްކަތުގައި އެހީތެރިކަމަށް އެދޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ ނަރުހުންގެ އިރުޝާދުގެދަށުން މަސައްކަތުގައި ބައިވެރިވުން.
- ކްލިނިކްލް އޭރިޔާތަކުގައި ބޭނުންކުރާ ޓޫލްސް އަދި އިންސްޓްރޫމަންޓްސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމާއި އޮޓޯކްލޭވް ކުރުން.
- މަރުކަޒުގެ އެހެން ޔުނިޓެއްގެ މަސައްކަތުގައި އެހީތެރިކަމަށް އެދިއްޖެނަމަ ނަރުހުންގެ ލަފާގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.
- މަރުކަޒުގެ އެމްބިއުލެންސް ޑިސްއިންފެކްޓް ކުރުމާއި ބަލިމީހުން އުފުލަން ގެންގުޅޭ " ޕެއިޝަންޓް ޓްރޯލީ " އަދި " ވީލް ޗެއަރ" ޑިސްއިންފެކްޓްކޮށް ތައްޔާރީ ހާލަތުގައި ބެހެއްޓުން.
- މަރުކަޒު ގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންގެ ޔޫރިންބޭގްތައް ނަރުހުންގެ ލަފަޔާއި އިރުޝާދުގެދަށުން ހުސްކޮށް، އައި.ޕީ.ޑީގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނާރ، ކިޑުނީ ޓުރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަނޑައެޅިފައިވާ އުސޫލެއްގެތެރެއިން ޑިސްއިންފެކްކޮށް ބެލެހެއްޓުން.
- މަރުކަޒުގެ ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނުރައްކާތެރި ކުނި (ބަޔޯ ހަޒާރޑް)، ކަނޑައެޅިފައިވާ އުސޫލްގެތެރެއިން ބަންދުކޮށް، އެތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ ސަރަހަދަށް ގެންގޮސް ނައްތާލުން.
- ދިމާވާ ހާލަތެއްގެ ސަބަބުން މަރުކަޒުގައި ނުވަތަ މަރުކަޒުގެ ބެލުމުގެދަށުން މަރުކަޒުން ބޭރުގައި ޤާއިމް ކުރެވޭ ކްލިނިކަލް ފެސިލިޓީ ފޮޅާ ސާފުކޮށް، މޮޕްލާ، ޑިސްއިންފެކްޓް ކުރުން.
- ޝިޕްޓް ޑިއުޓީ ނިންމާ ގެއައްދިއުމުގެކުރިން ޖެހިގެން އަންނަ ޝިޕްޓަށް އަންނަ މުވައްޒިފަށް ކުރެވިފައިހުރި ކަންކަމާއި ނުކުރެވިހުރިކަންކަމުގެ ހޭންޑް އޯވާ ދިނުން.
- މަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ޔުނިޓްތަކުން ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- މަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
- މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.
- ސިއްހީ ކުއްލި އިމަޖެންސީތަކާއި ހާދިސާތަކާއި ޕެންޑަމިކްތަކުގައި އަމިލީގޮތުން މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން.
- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން.
|
ތައުލީމީ ރޮނގު: ނެތް
މަޤާމުގެ މަސައްކަތުގެ ދާއިރާ: ފޮޅާ ސާފުކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/1215 އަދި ނ.މާފަރު ޞިއްޙީމަރުކަޒުން ކައުންޓަރުން ލިބެންހުންނާނެއެވެ.)
- 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
- 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:-
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:-
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ. http://health.gov.mv/Uploads/Downloads/Informations/Informations(346).pdf
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މިޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 މާރޗް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ނ. މާފަރު ޞިއްޙީމަރުކަޒަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް n.maafaruhc@health.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2022 ވަނަ އަހަރު މާރިޗް މަހުގެ ތެރޭގައި ނ. މާފަރު ޞިއްޙީމަރުކަޒުގައެވެ. މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، އެ ތާރީޚުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް A2 ފޯމު ޢާއްމުކޮށް ފެންނާނެހެން މި އިމަރުކަޒުގައި އަދި ގެޒެޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ނ. މާފަރު ޞިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި މަރުކަޒުގެ ނަންބަރު 6560603 އަށެވެ. އީ-މެއިލް ކުރައްވާނީ n.maafaruhc@health.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|