ނީލަން
ނަންބަރު: (IUL)28-AD-2/1/2022/41
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި:
14 މާރިޗު 2022 09:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުން
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2022/28 އިއުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އިންޑަސްޓްރިއަލް ޒޯން/މާލެ
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2022 މާރިޗު 14 ވަނަ ދުވަހުގެ 09:00 ގައި
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 7731066
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 މާރިޗު 2022