ބީލަން
ނަންބަރު: Q1C-A/2022/1
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި:
24 މާރިޗު 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކޯޓުގެ ވެއިޓިން އޭރިއާ މަރާމާތުކޮށް ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު : Q1C-A/2022/1
އިޢުލާން
މިކޯޓުގެ ވެއިޓިން އޭރިއާ މަރާމާތުކޮށް ފާޚާނާއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗު 15 އިން ފެށިގެން 2022 މާރިޗު 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 މާރިޗު 28ވާ ހޯމަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 މާރިޗު 31 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓް
ގދ. މަޑަވެލި
ފޯނު: 6840138
އީ-މެއިލް: gdh.madeveli@judiciary.gov.mv
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.
12 ޝައުބާން 1443
15 މާރޗް 2022
15 މާރިޗު 2022