މަސައްކަތް
ނަންބަރު: (IUL)GS127-B/2022/001
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 22 މާރިޗު 2022 13:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މާކުރަތު ސްކޫލްގެ އަންހެން ދަރިވަރުންބޭނުންކުރާ ފާޚާނާ ބަރީގެ 1 ފާޚާނާ އާއި ޕްރީސްކޫލުދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު  (1)

މާކުރަތު ސްކޫލްގެ އަންހެން ދަރިވަރުންބޭނުންކުރާ ފާޚާނާ ބަރީގެ 1 ފާޚާނާ އާއި ޕްރީސްކޫލުދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމާއި ގުޅޭ.

1  މި ސްކޫލުގެ އަންހެން ދަރިވަރުންބޭނުންކުރާ ފާޚާނާ ބަރީގެ 1 ފާޚާނާ އާއި ޕްރީސްކޫލުދަރިވަރުންގެ ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރޗް 20 ން 2022 މާރޗް 22 ށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:00 އަށް މާކުރަތު ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރޗް 22 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 މާރޗް 24 ވާ ބުރާސްފަތި  ދުވަހުގެ 13:00ގައި މާކުރަތު ސްކޫލުގައެވެ.

5  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 މާރޗް 30 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.

6  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

ރ. މާކުރަތު، ދިވެހިރާއްޖެ.

ފޯން:  6580333

އީ-މެއިލް: admin@maakurathuschool.edu.mv  

17 މާރިޗު 2022