ދިވެހިރާއްޖެ
މިރަށު 2 މިސްކިތުގެ އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަސްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމުކަމާއި، މަސައްކަތު މީހުންގެ މަސްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ.
މިކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއިއެކު ސިޓީ މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާގޮތަށެވެ.
ޢިމާމް ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް) 61 ރުފިޔާ
މުދިމު ސަނަދު ނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް) 53 ރުފިޔާ
މަސައްކަތު 45 ރުފިޔާ
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.