ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 މާރިޗު 2022 ބުދަ ދުވަހުގެ ހެނދުނު 10:00އަށް، އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.
ބިޑް ހުށަހަޅުއްވަން ވާނީ، އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 23 މާރިޗު 2022 ވާ ބުދަ ދުވަހުން ފެށިގެން 29 މާރިޗު 2022ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އާއި މެންދުރު 12:00 އާއި ދެމެދު އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 30 މާރިޗު 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި، އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ޝެޝަން 23 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 10:00ގައި އއ.ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661022 އަށް ގުޅުއްވައިގެން ނުވަތަ aa.bodufolhudhoo@judiciary.gov.mv އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ގުޅިގެން 02 މާރިޗު 2022 ގައި ކުރެވުނު ނަންބަރު: IUL/U4MC/2022/01 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.