މަސައްކަތް
ނަންބަރު: (IUL)401-E/401/2022/144
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 27 މާރިޗު 2022 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޘުންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

20 މާރިޗު 2022

ނަންބަރު:

(IUL)401-E/401/2022/144

17 ޝަޢުބާން 1443

އިޢުލާންގެ ވަނަ:

01

އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޘުންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

 

މި އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދުކުރުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ 04 އިމާމުންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުރުމާއި ކެއުން ހަމަޖައްސަން ބޭނުންވާ މުއްދަތާއި، ބޭނުންވާ ގޮތް

ކެއުމާއި ހުރުން ހަމަޖައްސައިދޭން ޖެހޭނީ 40 ދުވަހުގެ މުއްދަތަށެވެ. އެކޮމަޑޭޝަން ހަމަޖެއްސުމަށްޓަކައި އެޓޭޗް ފާހާނާއާއި އެކު ހުރި އޭސީ 02 ކޮޓަރި ބޭނުންވެއެވެ. ކޮންމެ ކޮޓަރިއެއްގައި 02 އެނދު (ގޮދަޑިއާއެކު) ހުންނަންވާނެއެވެ. ކޮޓަރި ސާފުކޮށް ޤަވާޢިދުން ތަންމަތި ބަދަލުކޮށް ހަދަން ޖެހޭނެއެވެ.

ކެއުން ބުއިމުގެ އާންމު ގަޑިތަކުގައި 04 މީހުންނަށް ކައްކާ ކާންހަދާ ތައްޔާރު ކުރަންވާނެއެވެ. މީހެ އިތުރުން ބޯފެން އަބަދުވެސް ލިބޭގޮތަށް ހަމަޖައްސައިދީފައި ބަހައްޓަން ޖެހޭނެއެވެ. (ރަމަޟާން މަހުގައި ނަމަ ރޯދަވީއްލުން، ތަރާވީސްގަޑި އަދި ހާރުކެއުން / ރޯދަ ނޫން ދުވަސްތަކުގައި ހެނދުނު ސައި، ނުވަގަޑި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑުގެ ކެއުން)

ކޯޓޭޝަން ހުށަހެޅުން

ކޯޓޭޝަން ހުށހެޅުމުގެ ސުންގަޑި: 27 މާރިޗު 2022 (އާދީއްތަ)، 13:30

ސުންގަޑި ހަމަވުމުން ހުށަހަޅާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ.

ކޯޓޭޝަން ހުށަހަޅަންޖެހޭތަން: ލ. ފޮނަދޫ ކައުންސިލްގެ އިދާރާ

ހުށަހަޅާ ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ޙާފިޘުންގެ ކެއުމާއި ހުރުން ހަމަޖައްސައިދިނުން' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ކޯޓޭޝަންތައް ކެނޑުން / ހުޅުވުން: 27 މާރިޗު 2022 (އާދީއްތަ)، 13:30 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: info@fonadhoo.gov.mv

20 މާރިޗު 2022