ދިވެހިރާއްޖެ
އިޢުލާން
107 ފޯލްޑިންގ ޗެއާރ ނީލަން ކިޔުމާއި ބެހޭ
9 ސެޕްޓެމްބަރ 2020ގައި ގެޒެޓް ކުރައްވާ ފައިވާ ދައުލަތުގެ މުދާއެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018 ގެ ނަންބަރު 13-D1/CIR/2018/15 ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ ތިރީގައި މިވާ މުދާ ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ.
ނީލަން ނަންބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ފެށޭއަގު |
MYSCE/2022/02 |
107 ފޯލްޑިންގ ޗެއާރ |
ބާވެ، ހަލާކުވެފައި |
ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް |
4280.00 |
ވީމާ، ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެ ލެއްވޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާނަމައެވެ. އެ ނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
# |
މަޢުލޫމާތު ސާފުކުރުން |
30.03.2022 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
# |
ނީލަން ކިޔުން |
30.03.2022 |
11.00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަޑޭރި ޕޯޓަލްއަށް ދައްކަވަންވާނެއެވެ. https://bandeyripay.finance.gov.mv