ދިވެހިރާއްޖެ
އިޢުލާން
އިންއެކްޓިވް ޖަމްޢިއްޔާތަކަށް އިތުރު ފުރުޞަތެއްދިނުން
ދިވެހިރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާން ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 13 މާރިޗު 2022 ވަނަ ދުވަހު އުވާލުމާއިގުޅިގެން ކޮވިޑް-19 ދުވަސްވަރަށް ތަފާތު އެކި ޖަމްޢިއްޔާތައް ހިންގުމަށާއި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ނުނިމި ހުރިކަން ޖަމްޢިއްޔާތަކުން އަންނަނީ މިނިސްޓްރީއާއި ޙިއްޞާކުރަމުންނެވެ.
މިގޮތުން، ސަރުކާރުން މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އިންއެކްޓިވް ޖަމްޢިއްޔާތަކަށް 31 ޖުލައި 2022 ގެ ނިޔަލަށް އިތުރު ފުރުޞަތެއްދީ އެކަން އަންގާ އިޢުލާނުކުރަމެވެ. ޖަމްޢިއްޔާގެ ލިޔުންތައް މެއިލްކުރައްވާނަމަ އީމެއިލް: cso@youth.gov.mv ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.