ދިވެހިރާއްޖެ
ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް މަޝްރޫއަށް ޓެކްނިކަލް ކޯޑިނޭޓަރ (ޓީ.ސީ) އެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޓެކްނިކަލް ކޯޑިނޭޓަރ (ޓީ.ސީ)
"ކެޕޭސިޓީ ސްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް" (ސީ.ބިޓް) އަކީ މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (UNEP) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިގޮތުން ސީ.ބިޓް މަޝްރޫއުގެ މަސައްކަތަށް 36 މަސްދުވަހަށް (01) ޓެކްނިކަލް ކޯޑިނޭޓަރ އައްޔަންކުރުމަށް ބޭނުންވެއެވެ.
މި މަޝްރޫޢުގެ ޓެކްނިކަލް ކޯޑިނޭޓަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތްތައް ރާވާ ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ހިމެނެއެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
(ހ) ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އެނާރޖީ، ޕްރޮޖެކްޓް މެނޭޖްމަންޓް ،ރިނިވަބަލް އެނަރޖީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން މާސްޓަރޒް ޑިގްރީ ޙާސިލް ކޮށްފައިވުން.
(ށ) އިދާރީ ނުވަތަ ޕްރޮގްރާމް މެނޭޖްމަންޓްގެ ދާއިރާއިން ބައިނަލްއަޤްވާމީ ނުވަތަ ޤައުމީ ފެންވަރުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
(ނ) މޫސުމަށް އަންނަ ބަދަލުތުގެ ދާއިރާއަށް އަހުލުވެރި އަދި ޔޫ.އެން.އެފް.ސީ.ސީ.ސީގެ ރިޕޯޓިންގ އޮބްލިގޭޝަންސް އާއި ގުޅޭ މަޢުލޫމާތު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
(ރ) ބޭރުގް ހިލޭ އެހީގައި ހިންގޭ (ޑޯނަރ ފަންޑަޑް) ޕްރޮޖެކްޓްސް ގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ.
(ބ) މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓް މެނޭޖުކުރުން އަދި ޕްރޮޖެކްޓްގެ މަސައްކަތް ސުޕަރވައިޒް ކުރުމުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޮލޮޖީއަށް ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަށް ޖުމްލަ އުޖޫރައިގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 33,900 ދިވެހި ރުފިޔާއެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
- ކުރީގައި ކޮށްފަ ހުރި މަސައްކަތްތަކުގެ ރިފެރެންސް ސިޓީ
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 14 އޭޕްރިލް ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،
ދިވެހިރާއްޖެ
ފޯނު ނަންބަރު: 3018490
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018481 ,3018329 އަށް ގުޅުއްވުން އެދެމެވެ.
31 މާރޗް 2022