ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު:IUL)/RDC/RDC/2022/37)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންއަށް ކޯޕޮރޭޓް ޓީޝާޓް ގަތުމާ ބެހޭ (02 ވަނަ އިއުލާން)
މި ކޯޕަރޭޝަންގެ ކޯޕޮރޭޓް ޓީޝާޓް ގަތުމަށް ކުރެވުނު އިއުލާން IUL)/RDC/RDC/2022/20) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީން އަލުން އިޢުލާންކުރަމެވެ. ގަންނަން ބޭނުންވާ ތަކެތީގެ އިތުރު ތަފްސީލް މައުލޫމާތައްޓަކައި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
- އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 11 އޭޕްރިލް 2022 (ހޯމަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރައްވަން ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު އީމެއިލް މެދުވެރިކޮއް ކުރެވޭނެއެވެ.
- ސުވާލުތަކުގެ ޖަވާބު ފޮނުވޭނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.
- ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 07 އޭޕްރިލް 2022 (ބުރާސްފަތި) ދުވަހުގެ 13:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.
- ޑެލިވަރ ކުރަން ޖެހޭތަން: އާރ.ޑީސީ. ސައިޓް، މާލެ
ހުށަހަޅަންޖެހޭ ލިޔުންތައް:
މި އިޢުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތައް ބިޑް ސަބްމިޝަން ފޯމްގައި ބަޔާންކުރެވިފައި ވާނެއެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 14 އޭޕްރިލް 2022 (ބުރާސްފަތި) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv