ދިވެހިރާއްޖެ
މިއިދާރާގެ ޑެކޯރާ ލާންޗުން ނަގާފައިވާ 200 ހޯސްޕަވާރގެ 1 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)240-CA/240/2022/12 ( 17 ފެބުރުވަރީ 2022 ) އިޢުލާނާއި ގުޅިގެން ނީލަމަށް އަގުހުށަހެޅި ފަރާތް ތަކުގެ ތެރެއިން އެންމެ މަތީއަގެއް ހުށަހެޅި ފަރާތުން ފައިސާ ދެއްކުމަށާއި،އިންޖީނު ގެންދިއުމަށް އިޢުލާންގައިވާ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާތީ، އެ އިންޖީނު އަލުން ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ -/50,000ރ (ފަންސާސްހާސް ރުފިޔާ) އެވެ.ހުށަހަޅާ އަގަށް މަދުވެގެން އިތުރުކުރެވޭ އެންމެ ކުޑައަގަކީ -/5,000 ރ (ފަސްހާސް ރުފިޔާ ) އެވެ.ނީލަމުގައި ބައިވެރިވެ ލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީއުރައެއްގައި ބަންދު ކޮށްގެން މި އިދާރާގެ ކައުންޓަރަށް ނުވަތަ މި އިދާރާގެ procurement@laamu.gov.mv މެއިލްއަށް މެއިލް ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި،މި އިދާރާގެ ވެބުސައިޓު www.laamu.gov.mv އިން ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.
އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6800713 އާއި ގުޅުއްވުން އެދެމެވެ.
ނީލަމުން ނަންގަވާ އިންޖީނު ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެވެ.
އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު
އިންޖީނުގެ ނަން: ޔަމަހާ
އިންޖީނުގެ ޢަދަދު 01
ހޯސްޕަވަރ: 200
ހަކަތައިގެ ބާވަތް : ޕެޓްރޯލް
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.