ނީލަން
ނަންބަރު: (IUL)113-CCD/1/2022/42
ޕަބްލިޝްކުރި ތާރީޚް: 07 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި:
18 އޭޕްރިލް 2022 10:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަމުގައި ވިއްކާލުމާއި ގުޅޭ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.
- މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
- ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
- މުދާ ބެލުން : 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 14:00 ގައި
- މުދާ ބެލުމަށް ނަން ނޯޓް ކުރުން: 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، ނީލަން މުދާ ބެލުމަށް އެދޭ ފޯމު https://clicklo.net/5devr ފުރިހަމަކުރައްވަން ވާނެއެވެ.
- މުދާ ބެލުމަށް ވަޑައިގަންނަވާ އިރު ޕޯޓް ގެ ޤަވާއިދާއެއްގޮތަށް (ބޫޓް، ވެސްޓް އަދި ހެލްމެޓް ހިއްޕަވައިގެން) ވަޑައިގެންދެއްވުން އެދެމެވެ.
- ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 19 އޭޕްރިލް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.
- ނީލަން ކިޔުން: 20 އޭޕްރިލް 2022 ވާ ބުދަ ދުވަހު 14:00 ން ފެށިގެން.
- ނީލަން ކިއުން އޮންނަ ތަން: ހެޑް އޮފީސް ގެ ބަނދަރު މާލަމު ގައި.
ސަމާލުކަމަށްޓަކައި :
- މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv) ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
- ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.
- ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބިވަޑައިގަންނަވާނެއެވެ.
06 ރަމަޟާން 1443ހ.
07 އޭޕްރިލް 2022މ.
07 އޭޕްރިލް 2022