ދިވެހިރާއްޖެ
ސ.ހިތަދޫގައި ޢިމާރާތް ކޮށްފައިވާ 264 ހައުސިންގ ޔުނިޓް ތަކުގު ރެއިލިންގ (އެސް.އެސް) މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/471/2022/76 އިއުލާނުގެ މައުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެންނަން ޖެހެމުގެ ސަބަބުން އިސްލާހު ކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެކު މި މަސައްކަތަށް ކުރިން ކުރެވުނު އިއުލާނަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން bid.secretariats@planning.gov.mvއަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.
ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 14 އެޕްރީލް 2022ވާ ބުރާސްފަތި ދުވަހުގެ މެނދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.