މަސައްކަތް
ނަންބަރު: (IUL)401-E/401/2022/153
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 28 އޭޕްރިލް 2022 11:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުތަކަށް 15 ގޮނޑި (ބެންޗް) ޖަހައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

10 އޭޕްރިލް 2022

ނަންބަރު:

(IUL)401-E/401/2022/153

09 ރަމަޟާން 1423

އިޢުލާނުގެ ވަނަ:

02

ކުޑަކުދިންގެ ޕާކުތަކަށް 15 ގޮނޑި (ބެންޗް) ޖަހައިދޭނެ ފަރާތެއް ހޯދުން

 

ކުޑަކުދިންގެ ޕާކުތަކުގައި ބެހެއްޓުމަށް 15 ގޮނޑި (ބެންޗު) ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރު (IUL)401-E/401/2022/110 (16 ފެބުރުއަރީ 2022) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލް ކޮށްފީމެވެ. އަދި މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މިމަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަން ހުށަހެޅުމަށްޓަކައި ރަޖިސްޓްރީވެ ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބީލަން ފޮތުގެ އަގަކީ  -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސްލިޕާއެކު ސަބްމިޓް ކުރާފަރާތްތަކެވެ.

-      ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://bit.ly/3rcouta

  • ބީލަމުގައި ރަޖިސްޓްރީ  ކުރުމަށް ހަމަޖެހިފައިވަނީ  18 އޭޕްރީލް 2022 (ހޯމަ) ދުވަހުގެ 13:00 އާއި ހަމައަށެވެ.  

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު projects@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 އޭޕްރިލް 2022 (ބުރާސްފަތި) ދުވަހުގެ 11:00 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 28 އޭޕްރިލް 2022 (ބުރާސްފަތި) ދުވަހުގެ 11:00ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

10 އޭޕްރިލް 2022