މަސައްކަތް
ނަންބަރު: (IUL)I-07/DSM/2022/01
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 20 އޭޕްރިލް 2022 11:30
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުން

އދ. ދިގުރަށު ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 13 އެޕްރީލް 2022 ވާ ބުދަ ދުވަހުން ފެށިގެން 20 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު adh.dhigurahhc@health.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 18 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން adh.dhigurahhc@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

13 އޭޕްރިލް 2022