ދިވެހިރާއްޖެ
(IUL)38-AA/38/2022/117
އިޢުލާން
އިލެކްޝަންސް ކޮމިޝަނުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން
މި ކޮމިޝަނުގެ ނަންބަރު (IUL)38-AA/38/2022/105 އިޢުލާނާ އެއްގޮތަށް، ކޮމިޝަނުގެ ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ތަކެތި 2022 އޭޕްރީލް 13 ވީ ބުދަ ދުވަހު ނީލަން ކިޔުމަށްފަހު، މިތަކެތީގެ ތެރެއިން ނީލަމުގައި ނުވިކި ހުރި ތަކެތި، ދެވަނަ ފަހަރަށް ނީލަން ކިޔުން 2022 އޭޕްރީލް 25 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ބައު ޖަމާލުއްދީން ހޯލުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގާއި ނީލަން ކުރިއަށް ގެންދެވޭނެ ގޮތުގެ ތަފްޞީލު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި ނީލަމުގައި ބައިވެރިވުމަށް، ބޭނުންފުޅުވާ ފަރާތްތަކުން، 2022 އޭޕްރީލް 25 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބައު ޖަމާލުއްދީން ހޯލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ނީލަމުގައި ބައިވެރިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. މި ނީލަމުގައި ނުވިކޭ ތަކެތި ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި އަގު ދަށް ކުރުމަށްފަހު ނީލަން ކުރިއަށް ގެންދެވޭނެއެވެ.
ނީލަމުގައި ބައިވެރިވެ، ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.