ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
ނަމްބަރު: (IUL)325-ES/325/2022/16
އިޢުލާން
އެއްގަމާއި ކަނޑު އުޅަދު ފަހަރުގެ ދަފްތަރު އެކުލަވާލުމާ ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ،ރަށްރަށުގެ ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެ މިސްޓްރީއަށް ބޭނުންވާތީ މިރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ރަޖިސްޓްރީގެ ކޮޕީ މިކައުންސިލައް 24 އެޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅައިދެއްވުން އެދެމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600005 އަށެވެ.
މިހެންވެ މިކަން ޢާއްްމުކޮށް އަންގާ އިޢުލާން ކުރީމެވެ.