ދިވެހިރާއްޖެ
އެސްޓީއޯ ގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލުމަށް ކުރެވުނު އިޢުލާނަށް (ނަންބަރ60/ADM/2022/113 ) އެއްވެސް ފަރާތަކުން އަގު ހުށައަޅާފައިނުވުމާއެކު އަލުން އިއުލާންކުރަމެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 27 އޭޕްރިލް 2022 ވާ ބުދަދުވަހުގެ10:00 އަށް އއ.ފެރިދޫ ފާރމަސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އއ.ފެރިދޫ ފާރމަސީއަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ. އަގު ހުށަހަޅުއްވާނީ ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 7 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.