ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/63
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 10:53
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތަކެއް 2022 މެއި 03 އިން 06 އަށް މި އިން ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް ލ.ގަން، މުކުރިމަގު (ޕަރީފެންގަނޑު/ ހަތްތެލި /ސިނާއި ސަރަހައްދު) އަދި ލ.ބަރެސްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މި މިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1-      1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :             މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ

2-      2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:       200 މީޓަރު

3-      3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      200  މީޓަރު

4-      4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:       ސީ.ލެވެލް

5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:      ލ.ގަން،މުގުރިމަގު(ޕަރީފެންގަޑު/ހަތްތެލި/ސިނާއި

                                      ސަރަހައްދު ) އަދި ލ.ބަރެސްދޫ އާއި ދިމާ މަތި

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތައް މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

26 އޭޕްރިލް 2022