ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2022/32
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 12 މޭ 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފަރު ސުކޫލަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން

ރުއް،ގަހުގެ ވެރިފަރާތް ހޯދުން.

               މިރަށު އާކުނިކޮށީ ދެކުނުން ދިރާގު އެންޓަނާ އިރުން މާފަރު ސްކޫލަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުން ވެއްޖެއެވެ.

               ވީމާ އެ ރުއްގަހުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައިވާ ނަމްބަރާއި ރުކުގެ މޮޅު ދެރަ މިން (ކަނދުބުޑުލީ ، ކަނދުބުޑުނުލާ ކުރުއްޕަތް ރުއް) ވަކިން، ތަފްޞީލާއެކު ޢަދަދު އެގޭނެހެން 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުގައިވާ ރުއް،ގަސް ފާހަގަ ވާނެހެން ކަޅުކުލައިގެ ރަސްގެއެއް އެ ރުއްތަކުގައި ޖަހާފައި ހުންނާނެއެވެ.

                މިމުއްދަތުގައި އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅުއްވާފައި ނުވާނަމަ، ބެލޭނީ އެއްވެސް ފަރާތެއްގެ ރުކެއް އެސަރަޙައްދުގައި ނެތީކަމުގައެވެ. އަދި އެ ސަރަޙައްދުގައި ހުރި ނަގައިގެންގެންދެވޭ ކުދި ރުއްތައް ރުކުގެ ވެރިފަރާތްތަކުން މަތީގައި ދެންނެވިފައިވާ މުއްދަތުގައި ނަގައިގެން ގެންދިއުންއެދެމެވެ.

                         އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، 6560005،9861066 ނަންބަރާއި ގުޅުއްވުން އެދެމެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޭޕްރިލް 2022