ދިވެހިރާއްޖެ
ނަންބަރ: ASND/PRC/IUL/2022/0031
މި ކުންފުނީގެ ރެޖިސްޓްރީ ނަންބަރު AA0I – C5887 ސައިކަލު ސިޓީލާ ނީލާމުގައި ވިއްކާލަން ބޭނުންވެއެވެ.
ސައިކަލާއި ބެހޭ އިތުރު މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ.
1. ސައިކަލުގެ ބާވަތް: މޮޓޯ ސައިކަލު
2. ސައިކަލުގެ ބްރޭންޑް: Honda Moov
3. ސައިކަލު ފުރަތަމަ ރެޖިސްޓްރީ ކުރި ތާރީޚް: 25 އޮކްޓޯބަރ 2016
4. ސައިކަލުގެ އިންޖީނުގެ ކެޕޭސިޓީ: 109cc
5. ސައިކަލުގެ ކޮންޑިޝަން: ރަނގަޅު (އެޕްރީލް 2022 ގައި ސަރވިސް ކޮށްފައި)
6. ދުއްވާފައިވާ ކިލޯމީޓަރު: 10303 Km
7. އަހަރީ ފީ: ސެޕްޓެމްބަރު 2022 ގެ ނިޔަލަށް ދައްކާފައި
މި ސައިކަލު ވިއްކާލުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަން އުޞޫލުންނެވެ.
- ނީލަން ފެށޭ އަގަކީ 23,000.00ރ ( ތޭވީސްހާސް ދިވެހި ރުފިޔާ) އެވެ.
- ނީލަމަށް ފަހަރަކު މަދުވެގެން 500.00ރ (ފަސްސަތޭކަ ދިވެހިރުފިޔާ) އިތުރުކުރަންވާނެއެވެ.
- ނީލަން ކުރިއަށްދާނީ 09 މެއި 2022 ވާ ހޯމަ ދުވަހުގެ 08:30 އިން ފެށިގެން 16 މެއި 2022 ވާ ހޯމަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.
- ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަގުހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި 09 މެއި 2022 އިން 16 މެއި 2022 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 3:30 އަށް، ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގެ ކައުންޓަރަށެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް އަގު ހުށަހަޅުއްވަން ބެނުންވާ ފަރާތްތަކުން tender@aasandha.mv އަށް އީމެއިލް މެދުވެރިކޮށް ވެސް އަގު ހުށަހެޅިދާނެއެވެ.
- ސިޓީއުރައިގެ ބޭރުގައި "AA0I – C5887 ސައިކަލު ވިއްކާލުމުގެ ސިޓީލާ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، ސަބްޖެކްޓް ފީލްޑްގައި މަތީގައި ދެންނެވިފައިވާ ގޮތަށް ޖަހަންވާނެއެވެ.
- ކޮންމެ ދުވަހަކުވެސް 11:30 އާ ހަމައަށް ހުށަހެޅިފައިވާ އެންމެ މަތީ އަގު، އެ ދުވަހެއްގެ 13:00 ގެ ކުރިން އަދި 11:30 އިން ފެށިގެން 15:30 އާ ހަމައަށް ހުށަހެޅި އެންމެ މަތީ އަގު ޖެހިގެން އަންނަ ދުވަހުގެ 9:00 ގެ ކުރިން އަދާ ހަމަކޮށް މިކުންފުނީގެ ވެބްސައިޓްގައި (https://aasandha.mv/dv/downloads/latest-downloads) ފެންނަންހުންނާނެއެވެ.
- ނީލަމުގެ ސުންގަޑި ހަމަވާއިރު ހުށަހަޅާފައިވާ އެންމެ މަތީ އަގަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ނީލަން ކާމިޔާބުވިކަން އެފަރާތަށް މިކުންފުނިން އަންގާ ތާރީޚުން ފެށިގެން ބަންދުނޫން 3 ދުވަހުގެ ތެރޭގައި ސައިކަލުގެ އަގު މިކުންފުންޏަށް ދައްކާ ޚަލާޞްކުރަންވާނެއެވެ. ސައިކަލު ހަވާލުކުރެވޭނީ ފައިސާ ދެއްކުމުންނެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން އަގު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެފަދަ ފަރާތްތައް މިކުންފުނީން ހޯދާމުދަލާއި ޚިދުމަތްތަކުގެ ބީލަންތަކުގައި އަދި ނީލަންތަކުގައި ބައިވެރި ނުވެވޭ ގޮތަށް 2 އަހަރު ދުވަހުގެ މުއްދަތަށް ބްލެކް ލިސްޓް ކުރެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ނީލަމަށް ދެން އެންމެ މަތީއަގު ހުށަހެޅި ފަރާތައް ފުރުސަތު ދެވޭނެއެވެ.
ސައިކަލު ބައްލަވާލައްވަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމު 8 މެއި 2022 ވާ އާދީއްތަ ދުވަހުން ފެށިގެން ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައި މިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ ތިރީގައި މިވާ ޢިމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ގުޅޭނެ ނަންބަރު: 3011483
އީމެއިލް އެޑްރެސް: tender@aasandha.mv
ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެވެ.
28 އެޕްރީލް 2022
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: info@aasandha.mv ވެބްސައިޓް: www.aasandha.mv ފޯން: 3011418