ނީލަން
ނަންބަރު: 60/ADM/2022/221
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2022
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 23 މޭ 2022 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލުން

އެސްޓީއޯ ގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލުމަށް ކުރެވުނު އިޢުލާނަށް (ނަންބަރ60/ADM/2022/192 ) އެއްވެސް ފަރާތަކުން އަގު ހުށައަޅާފައިނުވުމާއެކު އަލުން އިއުލާންކުރަމެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 22 މޭ 2022 ވާ ދުވަހުގެ10:00 އަށް ކައްދޫ އެއާޕޯޓު ކުޅިވަރު ފެންޑާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މޭ 2022 ވާ ދުވަހުގެ 10:00 އަށް ކައްދޫ އެއާޕޯޓު ކުޅިވަރު ފެންޑާއަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ. އަގު ހުށަހަޅުއްވާނީ ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 7 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

17 މޭ 2022