ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2022/47
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:54
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 40 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
11 މެއި 2022 |
ބައްދަލުވުން ބޭއްވި ގަޑި: |
11:30 |
ނިންމުންތައް
- ސަރަހައްދީ ހެޗަރީ ޤާއިމްކުރުމަށް ބިންކަނޑައެޅުމާއިގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުށަހަޅާފައިވާ ސިޓީއާއިގުޅިގެން ސްޓޭންޑިން ކޮމެޓީއާއި ރައްޔިތުންގެ މަޝްވަރާގެމަތީން ބިންކަނޑައެޅުމަށާއި ސްޓޭންޑިންކޮމެޓީގެ ބައްދަލުވުން 17 މެއި 2022 ވަނަ ދުވަހު 10:00 ގައި ބޭއްވުމަށާއި ރައްޔިތުންގެ ބައްދަލުވުން 17 މެއި 2022 ވަނަ ދުވަހު 10:45 ގައި ކުރިޔައްގެންދިއުމަށް ނިންމުނު.
- ބޯހިމެނުމުގެ މަސައްކަތައް ރަށުގެ ގެތަކުގެ ނަންބޯޑު ހަރުކުރެވިފައިވާކަން ކަށަވަރުކުރުމަށް ލޯކަލްގަވަރމަންޓް އޮތޯރިޓީން އަންގަވާފައިވާތީ ރަށުގެ ގޭގޭގައި ނަންބޯޑު ހަރުކުރުމަށް ޢާއްމު އިޢުލާނެއް ކުރުމަށް.
- ތ. ވަންދޫގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށަހަޅާފައިވާ ޑިޒައިން ފާސްކުރެވުނު.
- ވަންދޫ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ހިންގުމަށް ހަމެޖެހިފައިވާ ކުލާސްތަކަށް ފައިސާގެ އެހީއަކަށް އެދިފައިވާތީ ދާއިރާއާއިގުޅޭ ކޯޑުތަކުން ހަރަދުކުރެވެންހުރި މިންވަރު ބެލުމަށްފަހު ބުދަދުވަހުގެ އިދާރީ ބައްދަލުވުމަށް ހުށަހެޅުމަށް ނިންމުނު.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
11 މޭ 2022