ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2022/16
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 06 ޖޫން 2022 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ސުޕަވައިޒަރ

މި އިޢުލާންވަނީ 03 ޖުލައި 2022 10:03 ގައި ބާތިލް ކުރެވިފައެވެ.


 

މިއިދާރާގެ ނަންބަރު:  64 / 2021/ 2022 / އައި.ޔޫ / ކޭ - 57 (13 ޑިސެމްބަރ 2021) އިޢުލާނު ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމަށް އަލުން އިޢުލާންކުރަމެވެ.

މަޤާމުގެ ނަން:

 ސީނިއަރ ސުޕަވައިޒަރ

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 މެއިންޓެނަންސް އެންޑް ސަޕޯޓް ސަރވިސް ސެކްޝަން

ކްލެސިފިކޭޝަން

 އެސިސްޓަންޓް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ 

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މަސްއޫލިއްޔަތު:

  • މެއިންޓެނަންސް މަސައްކަތުގެ ރިޕޯޓު ލިބުމުން ނުވަތަ މެއިންޓެނަންސް މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާ ކަންކަން، އެމަސައްކަތް ކުރަން ހަވާލުވެފައިވާ މުވައްޒަފަކާއި ނުވަތަ ފަރާތަކާއި ހަވާލުކޮށް އެމަސައްކަތް ނިންމުން އަދި ޙައްލުކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތަކުގެ ތެރެއިން، އަމިއްލައަށް ޙައްލުކުރެވެން ހުރިކަންކަން ޙައްލުކުރުމުގައި އެހީތެރިވެދިނުން.
  • ތިންވަނަ ފަރާތެއް މެދުވެރިކޮށް ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތަކަށް މަޢުލޫމާތު ތައްޔާރުކުރުން.
  • ޖަލްސާތަކާއި ކޮމިޓީތަކާއި، އަދި ޚާއްޞަ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީތަކާއި، ކެއުން/  ސައިގެ އިންތިޒާމް ހަމަޖެއްސުމަށް އޯޑަރުދިނުމާއި ނޯޓު ހެދުން.
  • ސެކްޝަންގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ސިޓީއާއި މެމޯފަދަ ތަކެތި ޑްރާފްޓްކޮށް ޓައިޕްކުރުން.
  • ސެކްޝަން ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ތައްޔާރުކުރުމާ ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން.
  • ފޮޅާ ސާފުކުރުމާއި ހަވާލުވެގެން އުޅުއްވާ ފަރާތުގެ ހާޒިރީގެ ތަފްޞީލާއި، މަސައްކަތް ކުރިގޮތުގެ ލިޔުން ކޮންމެ މަހަކު ތައްޔާރުކޮށް ޕްރޮކިއުމަންޓް ސެކްޝަންއާއި ހަވާލުކުރުން.

އުޖޫރަ:

- މަހަކު  -/ 6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   24 މޭ 2022 އިން 06 ޖޫން 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 06 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން hr@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

 

24 މޭ 2022