ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޢިޢުލާން ނަންބަރު (IUL)471-CDS3/1/2022/55 އާއި ހަވާލާދީ ދަންނަވަމެވެ. މި މިނިސްޓްރީއަށް 01 ( އެކެއް) އަހަރަށް ބޭނުންވާ ސޭފްޓީ ޝޫޒް، ބޮއިލަރ ސޫޓް، ކޮންސްޓްރަކްޝަން ހެލްމެޓް އަދި ރޯޑްސޭފްޓީ ވެސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިޢުލާން ނަންބަރު (IUL)471-CDS3/1/2022/55 ޖެހިފައިވަނީ އިދާރީ ކުށެއްގެ ސަބަބުން ކަމުގައިވާތީ ، ބީލަން ހުށަހަޅުއްވާއިރު އިޢުލާން ނަންބަރު (IUL)471-CDS3/1/2022/56 އަށް ހަވާލާދީ ހުށަހެޅުމަށް ދަންނަވަމެވެ.
އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 05 ޖޫން 2022ވާ އާދިއްތަ ދުވަހުގެ ހެދުނު 10:00ގެ ކުރިން bid.secretariats@planning.gov.mv އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.
ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.