ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ - ޕްރޮކިއުމަންޓް |
ޑިޕާޓްމަންޓް: |
ޕްރޮކިއުމަންޓް |
ބޭނުންވާ ޢަދަދު: |
01 |
މަސްޢޫލިއްޔަތު: |
- ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ގަތުމުގައި އެހީތެރިވުން. - ކުންފުނީގެ އެކިއެކި ބީލަންތަކަށް ބޭނުންވާ ލިޔެކިޔުމާއި ރިޕޯޓު ތައް ތައްޔާރު ކުރުން. - ސަޕްލަޔަރ ޑޭޓާބޭސް ތައްޔާރުކޮށް ބެލެހެއްޓުން. - ޕާޗޭސް އޯޑާރ އަދި ކޮންޓްރެކް ތައްޔާރުކުރުން |
ޝަރުތުތައް: |
ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން |
މުސާރަ: |
11،000ރ އާއި 12،000ރ ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް |
މަޤާމް: |
އޮފިސަރ - ފައިނޭންސް |
ޑިޕާޓްމަންޓް/ސެކްސަން: |
ފައިނޭންސް |
ބޭނުންވާ ޢަދަދު: |
02 |
މަސައްކަތުގެ ބާވަތް: |
- އެކައުންޓް ރިޝީއަބުލް އަދި ޕޭއަބުލްއާއި ގުޅުންހުރި މަސައްކަތްތައް. - ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުން. - ބަޖެޓް އަދި ކޯސްޓާ ގުޅުންހުރި މަސައްކަތްތައް. - ސްޓޮކް ކައުންޓިން. - ކުރިޑިޓް އެގްރީމަންޓް އަދި ކަސްޓަމަރުންގެ ރިކޯޑް ބެލެހެއްޓުން. - ފައިނޭންސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން. |
ޝަރުތުތައް: |
އޯލެވެލް މަދުވެގެން 4 ފާސް ދިވެހި އަދި އިންގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން |
މަހު މުސާރަ: |
10،000ރ އާއި 11،000ރ ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް - ފައިނޭންސް ޑިޕާޓްމަންޓް |
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 14 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، careers@fsm.mv އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސް 4 ވަނަ ފަންގިފިލާ އިންނެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.