މަސައްކަތް
ނަންބަރު: (IUL)230-AHI/230/2022/32
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 16 ޖޫން 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ޓްރެކްގައި ހުރި ލައިޓް ޕޯސްޓް އަދި ގޭޓް މަރާމާތުކުރުމަށް އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

                   އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށް ގެންދިއުމަށް މިކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކްގައި ހުރި ލައިޓް ޕޯސްޓް އަދި ގޭޓް މަރާމާތު ކުރުމުގެ މަސައްކަތް، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ  ނަންބަރު: (IUL)230-AHI/230/2022/22 އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.  

                   ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު    ( ކޯޓޭޝަން ) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، info@baa.gov.mv އަށް 16 ޖޫން 2022 ވާ ބުރާސްފަތު ދުވަހުގެ 13.00 ގެ ކުރިން ފޮނުވަންވާނެއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602535 އަށް ގުޅުއްވުން އެދެމެވެ.       

                        12 ޛުލްޤައިދާ  1443

12 ޖޫން 2022