ޢާންމު މަޢުލޫމާތު
ނަންބަރު: Q5C-B/2022/1
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:43
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 425 ވަނަ މާއްދާގެ (ހ) ދަށުން ގދ.ރަތަފަންދޫ މެޖިސްޓުރޭޓް ކޯޓުގައި އަމަލުކުރާނެ ޤަވާއިދާ ގުޅޭ

16 ޖޫން 2022 ގެ ފަހުން މި ކޯޓުން މަދަނީ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ SCPD-04/2022 ޕްރެކްޓިސް ޑައިރެކްޝަނާ އެކުގައި ޢާއްމުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމޫނާ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022" އަށެވެ. އަދި މިކޯޓަށް މައްސަލަ ހުށަހެޅުމުގައި ބޭނުންކުރާނީ އަދި އެކި ކަންކަމުގައި މި ކޯޓުން ބޭނުންކުރާނީ  "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމޫނާ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022" އާ އެކުގައިވާ ފޯމުތައް ކަމުގައިވާތީ އެކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.

13 ޖޫން 2022