މަސައްކަތް
ނަންބަރު: (IUL)401-E/401/2022/169
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 30 ޖޫން 2022 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

13 ޖޫން 2022

ނަންބަރު:

(IUL)401-E/401/2022/169

13 ޛުލްޤަޢިދާ 1443

އިޢުލާންގެ ވަނަ:

01

އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

މި އިޢުލާންގައި ބަޔާން ކޮށްފައިވާ އިޖުތިމާޢީ ސަރަހައްދުތައް 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް / ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ސާފުކޮށް ބަލަހައްޓަން ޖެހޭ ސަރަހައްދުތަކުގެ މަޢުލޫމާތު

ސަރަހައްދު

ބޮޑުމިން (އަކަފޫޓް)

ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް)

މެދުއަވަށު ބޯޅަދަނޑު

114،168

3،500.00ރ

ބަރާސިލް ކުޅޭބިން ބޯޅަދަނޑާއެކު

293،280

6،500.00ރ

ކުޅޭބިން - ކުރިގަމު ދެކުނު

73،536

2.500.00ރ

ކުޅޭބިން – ބަރާސިލް އުތުރު

27,800

1،500.00ރ

 

ބީލަމުގައި ރަޖިސްޓްރީވުން

  • ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަންފޮތް ގަންނަ ފަރާތްތަކަށެވެ. ބީލަންފޮތް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • §     ބީލަމުގައި ރަޖިސްޓަރީ ވުމަށް:https://bit.ly/3ICobOr
  • ބީލަމުގައި ރަޖިސްޓްރީ  ކުރުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2022 (ހޯމަ)، ދުވަހުގެ 14:00 އާއި ހަމައަށެވެ.  

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު projects@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2022 (ބުރާސްފަތި)، ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2022 (ބުރާސްފަތި)، ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

13 ޖޫން 2022