ކުއްޔަށް ހިފުން
ނަންބަރު: (IUL)LHAH-AH/LHAH/2022/46
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 28 ޖޫން 2022 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން

2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން

 

މިހޮސްޕިޓަލަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަމްބަރ (IUL)LHAH-AH/LHAH/2022/35 ( 23 މެއި 2022 ) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް އަލުން 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް އިއުލާން ކުރަމެވެ.  

 

            ވީމާ މިކަމަށް ޝަވްޤުވެރިވާ  ފަރާތްތަކުން 15 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 23 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް lh.atollhospital@health.gov.mv އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            މި އިޢުލާނާއި ގުޅޭގޮތުން ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.  
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން lh.atollhospital@health.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ. 

15 ޖޫން 2022