ޢާންމު މަޢުލޫމާތު
ނަންބަރު: Q1C-A/2022/4
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 30 ޖޫން 2022 12:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދު ކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދުމަށް އެދި

                 

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މެޖިސްޓްރޭޓް ކޯޓް                                

       މަޑަވެލި                                          

      ދިވެހިރާއްޖެ.

                                           ނަންބަރު : Q1C-A/2022/4

                     

އިޢުލާން

                     މިކޯޓަށް ކޮންޓްރެކްޓް އުޞޫލުން ކައިވެނި ޢަޤުދު ކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ Q1C-A/2022/3 އިއުލާނަށް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ޝަރުޢީ މަޢުޛޫނުކަން ކުރުމަށް ޝައުގުވެރިވާ  ފަރާތްތަކަށް  ކުރިމަތިލުމުގެ ފުރުޞަތު މިވަނީ ހުޅުވާލެވިފައެވެ.  

 

ބޭނުންވާ ޢަދަދު:

 2 (ދޭއް)

ކޯޓު/އިދާރާ:

 ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

 -/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

 

މަޤާމުގެ ޝަރުތު:

 ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ މަޢުޛޫނުކަމަށްއެދި ހުށަހަޅާ ފޯމް

 - ވަނަވަރު

 - އައިޑީކާޑުގެ ކޮޕީ

 - ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ކައިވެނިކޮށްދޭންޖެހޭ ގަޑި:

 - ކޮންޓްރެކްޓް އުސޫލުން ކައިވެނި ޢަޤުދުކޮށްދިނުމަށް ހޮވޭ ފަރާތްތަކުން ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި   ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ޙަވާލުކުރެވޭނެއެވެ.

ސުންގަޑި:

30 ޖޫން 2022 ވަނަ ދުވަހުގެ 12:30ގެ ކުރިން.

އިތުރު މަޢުލޫމާތު:

-   މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވޭނީ މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހުގައެވެ.

-   މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މިކޯޓުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓް

ގދ. މަޑަވެލި

ފޯނު: 6840138

އީ-މެއިލް:  gdh.madeveli@judiciary.gov.mv

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ.       

                 15 ޛުލްޤައިދާ 1443

                 15 ޖޫން  2022

15 ޖޫން 2022