ދިވެހިރާއްޖެ
ނަންބަރު: (IUL)203-AS/1/2022/45
އިޢުލާން
މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މިއެޖެންސީގެ ނަންބަރު (IUL)203-AS/1/2022/40އިއުލާނުގައިވާ ގޮތުގެމަތިން 2022 ޖޫން 16 ވީ ބުރާސްފަތި ދުވަހު، ކިޔާފައިވާ ނީލަމުގައި ނުވިކިހުރި ތަކެތި އަލުން ނީލަންކިޔުން 04 ޖުލައި 2022 އަންގާރަ ދުވަހުގެ މެންދުރުފަހު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގ، 3ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ. މިދުވަހު ނީލަމުގައި ނުވިކޭތަކެތި އަގުދަށް ކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.
މިތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން 03 ޖުލައި 2022 ބުދަ ދުވަހުގެ މެންދުރުފަހު 1.00 އަށް ހަނދުވަރީ ހިނގުން، ގްރީން ބިލްޑިންގ، 3ވަނަ ފަންގިފިލާ އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 04 ޖުލައި 2022 އަންގާރަ ދުވަހުގެ މެންދުރުފަހު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގ، 3ވަނަ ފަންގިފިލާއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.
23 ޛުލްޤަޢިދާ 1443