ނީލަން
ނަންބަރު: (IUL)28-AD-2/1/2022/161
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 06 ޖުލައި 2022 23:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޑިފެންސްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުން

އިޢުލާން

މިނިސްޓްރީ އޮފް ޑިފެންސްގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (ފުރަތަމަ ފަންގިފިލާ)، - އެއަރޕޯޓް ޝޮޕް ކައިރި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ހުޅުލެ.
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 07 ޖުލައި 2022 ވަނަ ދުވަހު، ހެނދުނު 10:00 ގައި
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރާއި ގަޑި: 3013499 (ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން 14:00 އާދެމެދު)

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2022