ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ އަލްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން ނިންމާފައިވާތީ، 2022 ޖުލައި 9 އިން 16 އަށް މި އަށްދުވަހު ބަނދަރު ސަރަޙައްދު (އީދު ކުޅޭ ޞަރަހައްދު) ގައި 5 ފަރާތަކަށް ގާޑިޔާ/ކެންޓީން ހިންގުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ފަރާތުގެ މެދުގައި ގުރުއަތުލައިގެން 5 ފަރާތެއް ހޮވައިގެންނެވެ. އަދި މިކަމުގެ އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގާޑިޔާ/ކެންޓީންއަކުން ދުވަހަކަށް -/100 ރުފިޔާއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖުލައި 5 ވަނަ ދުވަހުގެ 13:00 އަށް ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުމާއި ގުރުއަތު ނެގުން އޮންނާނީ 2022 ޖުލައި 5 ވަނަ ދުވަހު 13:00 ގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.