ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)401-C/401/2022/174
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 19 ޖުލައި 2022 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއިދާރާއަށް ތިރީގައިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް

ކައުންސިލް އެސިސްޓެންޓް  

މަޤާމުގެ ގިންތި

ވަގުތީ  (1 އަހަރު ދުވަހަށް)

ބޭނުންވާ ޢަދަދު

1

ވަޒީފާ އަދާކުރަންޖެހޭ ތަން

ހައްދުންމަތީ ފޮނަދޫ މިސްކިތްތައް

މަސައްކަތުގެ އުޖޫރަ

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/45ރ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގރ 1

 

މަޤާމްގެ ޝަރުތުތައް

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭގް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަކަށް ބަލައިގެންނެވެ.

 

މަސައްކަތުގެ ދާއިރާ:

- ފޮޅާ ސާފުކުރުން

 

 

 

 

މަޤާމްގެ މައިގަނޑު މައްސޫލިއްޔަތުތައް

 

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުމާއި ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ހާޟިރުވެ މިސްކިތުގައި އޮންނަ ޙާޞިރީގައި ސޮއި ކުރުން
  2. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން
  3. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓްތައް ދިއްލުމާއި އޭސީތައް ޖެއްސުމާއި އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، އޭސީ ތަކާއި ލައިޓްތައް ނިއްވައި ދޮރުތައް ލެއްޕުން
  4. މިސްކިތު ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީ ފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކުމުގެ މަސައްކަތްކުރުން
  5. އެއްވެސް ކަމެއް ދިމާވެގެން ނަމާދުވަގުތަކަށް މިސްކިތަށް ހާޟިރުވުމަށް އުޒުރުވެރި ވެއްޖެނަމަ މުވައްޒަފު ރިޕޯޓްކުރަންޖެހޭ ފަރާތަށް އެކަން އެންގުން
  6. ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގައި ބިއްލޫރިލެވިފައިވާ ތަންތަނާއި ދޮރުތަކާއި، ހޮޅިބުރި، ފަންކާ، ކަބަޑު ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން
  7. މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި، ދިޔަދޮވި ސާފުކުރުމާއި ފެންތާނގީތައް ސާފުކޮށް ބެލެހެއްޓުން
  8.  މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމަށް އަންގަމުން ގެންދިއުން
  9. ދީނީ ނަޞޭހަތް ދިނުމާއި، ޢީދު ނަމާދު، ކޭތަ ނަމާދު އަދި ތަރާވީޚް ނަމާދަށް މިސްކިތް ތައްޔާރުކުރުން
  10. މީގެ އިތުރުންވެސް މިސްކިތުގެ ދައިރާގެ ތެރެއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން

 

 

 

 

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  • ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، hr@fonadhoo.gov.mv  އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 ޖުލައި 2022 އާއި 25 ޖުލައި 2022 އާ ދެމެދު، ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800082 ނަންބަރު ފޯނާއެވެ.

05 ޖުލައި 2022