ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)401-E/401/2022/176
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 04 އޮގަސްޓް 2022 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ހޯދުން

އިޢުލާން

ތާރީޚް:

07 ޖުލައި 2022

ނަންބަރު:

(IUL)401-E/401/2022/176

08 ޛުލްޙިއްޖާ 1443

އިޢުލާނުގެ ވަނަ:

01

ފުޓްސަލް ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ހޯދުން

 

މިރަށު ފުޓްސަލް ދަނޑުގައި ޖެހުމަށް 20 ލެޑްލައިޓް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މިމަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަން ހުށަހެޅުމަށްޓަކައި ރަޖިސްޓްރީވެ ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބީލަން ފޮތުގެ އަގަކީ  -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސްލިޕާއެކު ސަބްމިޓް ކުރާފަރާތްތަކެވެ.

-      ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://bit.ly/3ACGOl3

  • ބީލަމުގައި ރަޖިސްޓްރީ  ކުރުމަށް ހަމަޖެހިފައިވަނީ  18 ޖުލައި 2022 (ހޯމަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.  

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު projects@fonadhoo.gov.mv އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 އޯގަސްޓް 2022 (ބުރާސްފަތި) ދުވަހުގެ 13:30އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 04 އޯގަސްޓް 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

07 ޖުލައި 2022