ދިވެހިރާއްޖެ
–
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2022/13
އިޢުލާން
ރުކާއި، ގަސް ލަކުޑީގެ ނީލަން ކިއުން.
ފެނަކަ އޮފީސް އިމާރާތުގެ ދެކުނުން ހެދޭ މަގަށް އަރާގެން ކަނޑާލެވިފައިވާ ރުއް ވަކަރާއި، ގަސް ލަކުޑީގެ ނީލަން ކިއުން 24 ޖުލައި 2022 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި އިންޖީނުގެއާއި، ދިމާލު ބަނދަރު ސަރަހައްދުގައި އޮންނާނެއެވެ.
ވީމާ މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ޖުލައި 2022 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް އެސަރަހައްދަށް ވަޑައިގެންދެއްވުން އެދެމެވެ.
ނީލަން ކިޔޭ ތަކެތީގެ ލިސްޓް މިއިޢުލާނާއެކު ޢާއްމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޛުލްޙިއްޖާ 1443 ހ.
17 ޖުލައި 2022 މ.