ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2022/63
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 31 ޖުލައި 2022 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ދެމަފިރިން ގޯއްޗަށްއެދި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތަކުގެ ތެރެއިން، ގޯތި ދޭންވީފަރާތް ކަނަޑައެޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާއަށް ވުރެ މަދުން ޕޮއިޓް ލިބުމުގެ ސަބަބުން ގޯތި ނުލިބޭ މީހުންގެ ލިސްޓް އާންމުކުރުން.

               ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ގޯއްޗަށްއެދި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތަކުގެ ލިސްޓް،އަދި ފިރިމީހާ ނުވަތަ އަނބިމީހާއަށް ވުރެ މަދުން ޕޮއިޓް ލިބުމުގެ ސަބަބުން ގޯތި ނުލިބޭ މީހުންގެ ލިސްޓް، މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި އާންމުކުރީމެވެ.

               ވީމާ ދެމަފިރިންގެ ތެރެއިން ގޯތިދޭންވީ ފަރާތް ކަނޑައަޅައި 31 ޖުލައި 2022 ވާ އާދީތަ ދުވަހު 13:00 ގެ ކުރިން މިކައުންސިލަށް ސިޓީ އިން އަންގަވައި ދެއްވުން އެދެމެވެ. ސިޓީގައި، ސިޓީ ފޮނުވާ ފަރާތުގެ ސޮޔާއި އިނގިލީގެ ނިޝާން އަދި ގުޅޭނެ ނަންބަރު ޖަހަން ވާނެއެވެ. ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތަކުން ވަކި ގޮތެއް ނާންގާނަމަ، ގޯތި ދެވޭނީ އެދެފަރާތުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. މި އިޢުލާނާ އެކު (ދިވެހިސަރުކާރުގެ ގެޒެޓްގައި) ނަމޫނާ ސިޓީއެއް އެޓޭޗް ކުރެވިފައިވާނެއެވެ.

              ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތަކާއި ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާންކުރާ އެންމެހާ ކަންކަން ކަށަވަރުކުރުމަށް ފަހުގައެވެ.

18 ޖުލައި 2022