ދިވެހިރާއްޖެ
މި ކައުންސިލުން ކ.ތުލުސްދޫގައި ޕްރީސްކޫލެއް އަޅަން ބޭނުންވާތީ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށް ދެއްވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ, މިއިދާރާއިން ހުށަހަޅާ ކުރެހުންތަކާ އެއްގޮތްވާގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ލިބިގަތުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ޙަރަކާތް |
ތާރީޚު |
ގަޑި |
ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން |
13 އޮކްޓޫބަރު 2014 |
މެންދުރުފަހުގެ 14:00 |
މަޢުލޫމާތު ހޯދި ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ ބޭއްވުން |
20 އޮކްޓޫބަރު 2014 |
މެންދުރުފަހުގެ 14:00 |
މަޢުލޫމާތު ހޯދި ފަރާތްތަކުން އަގު ހުށަހެޅުން |
30 އޮކްޓޫބަރު 2014 |
މެންދުރުފަހުގެ 14:30 |
ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު
- މަސައްކަތުގެ ތަޖުރިބާ 10 ޕޮއިންޓް
- ޓެކްނިކަލް ކެޕޭބިލިޓީ 15 ޕޮއިންޓް
- މުއްދަތު 25 ޕޮއިންޓް
- ހުށަހަޅުއްވާފައިވާ އަގަށް 50 ޕޮއިންޓް
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ޙަރަކާތްތައް އޮންނަ ތާރީޚާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރިނުވެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި އިޢުލާން ނުކުތުމުން މިއިދާރައިގެ ނަންބަރު: IUL)333/333/2014/48)ފ(20 ޖުލައި 2014) އިޢުލާން ބާޠިލުވީއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ޛުލްޙިއްޖާ 1435