ޢާންމު މަޢުލޫމާތު
ނަންބަރު: IUL)472 /1/2022/94 )
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:44
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ކަނޑުދަތުރުފަތުރާގުޅޭގޮތުން ސްކޫލް ކުދިންނަށް ހޭލުންތެރިކުރުމުގެ ގޮތުން 2000 ފޮތް ޗާޕްކުރުން.

        ކަނޑުދަތުރުފަތުރާގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން 2000 ފޮތް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

        އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޖުލައި 2022