ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮފިސަރ، އިންވެސްޓިގޭޝަން |
ޑިޕާޓްމަންޓް/ސެކްސަން: |
އިންވެސްޓިގޭޝަން |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން |
މަސައްކަތުގެ ބާވަތް: |
- މައްސަލައެއް ހުށައެޅުމުން ނުވަތަ ފާހަޤަވުމަށްފަހު މައްސަލަ ހިނގައިދިޔަ ތަނަށް ގޮސް، އިންވެސްޓިގޭޓް ކުރަންޖެހިއްޖެ ހާލަތުގައި އެމަސައްކަތް ކުރުން. - އިންވެސްޓިގޭޝަންތަކާއި ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން. - ކުންފުނީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް މަސައްކަތުގައި އެހީތެރިވުން. - އިންވެސްޓިގޭޝަން ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންކުރުން. |
މަހު މުސާރަ: |
11،000ރ އާއި 12،000ރ އާއި ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 31 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، careers@fsm.mv އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.