މަސައްކަތް
ނަންބަރު: (IUL)472 /1/2022/96
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 08 އޮގަސްޓް 2022 10:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

އިޢުލާން

ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

  

ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި  އެގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު  ބަންނަ  މާވަޑިންނާއި، ބޯޓު އިންސްޕެކްޓަރުން  އަދި ނޭވަލް އާކިޓެކްޗަރުން ތަމްރީނުކުރުމަށް ތިރީގައި މިދަންނަވާ ސިލަބަސްތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2022 އޭޕްރިލް 12 ވަނަ ދުވަހު ކުރެވުނު ނަމްބަރު IUL)472 /1/2022/62) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

  1. އުޅަނދުފަހަރު ބަނުމުގެ މަސައްކަތުގައި އިންސްޓިއުޓަކުން ކިޔެވުމަކާއި ނުލައި މަސައްކަތުގައި ދެމިތިބި މާވަޑިން، މާވަޑިންގޮތުގައި ތަމްރީނުކުރުމުގެ ސިލަބަސް

 

  1. އުޅަނދުފަހަރު ބަނުމުންދާގޮތް އިންސްޕެކްޓް  ކުރާނެ ބޯޓް އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ސިލަބަސް.

 

  1. ނޭވަލް އާކިޓެކްޓުންގެ ގޮތުގައި 8 (އަށެއް) މީޓަރުން ފެށިގެން މަތީގެ އުޅަނދުފަހަރުގެ ކުރެހުންތަކާއި ސްޓެބިލިޓީ އެނގޭ ފެންވަރަށް މީހުން ތަމްރީނުކުރުމުގެ ސިލަބަސް.

        ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އޮގަސްޓް 08 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް. ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

31 ޖުލައި 2022